Aprilia

Aprilia

އޭޕްރީލިއާއި ބެހޭގޮތުން ކޮންމެހެން އެނގެންޖެހޭ 5 ކަންތައް

ދިވެހިރާއްޖެ އަށް އަޅުގަނޑުމެން އަލަށް ތަޢާރަފް ކުރާ އެޕްރީލިއާ 150 އެސް.އާރް އަކީ އިޓަލީގެ ޕަޔާޑޯ އަދި ވެސްޕާ ކުންފުނި ގުޅިގެން އެންމެ ޒަމާނީ ޓެކްނޮލްޖީ އާއި ފެޝަނަށް ފެތޭނެގޮތަށް ފަރުމާކޮށްފައިވާ ސައިކަލެކެވެ. އެޕްރީލިއާއަކީ ބަލާބެލުމަށް ހިތްގައިމު ބަރުދަނުގައި 122 ކިލޯ ހުންނަ ލުއި ސައިކަލެކެވެ.

ދިވެހީންގެ ދަތުރު ފަސޭހަ ކުރު ދަތުރަކަށް ހެދުމަށް އެޕްރީލިއާ ފަރުމާ ކޮށްފައިވަނީ 6.5ލޓރ ގެ ޕެޓްރޯލް ޓޭންކް އަކާއި ކަރބިއުރޭޓަރ ގުޅުވައިގެންނެވެ. އެޕްރީލިއާގައިވާ 150 ސީސީ 4 ސްޓްރޯކް އިންޖީނަކީ 10.06 އެޗް.ޕީ އާއި ހަމަޔަށް ކަރބިއުރޭޓަރ މެދުވެރިކޮށް ފުރިހަމަގޮތުގައި ހަކަތަ ފޯރުކޮށްދޭ ނިޒާމެވެ.

ސައިކަލުގައި ހިމަނާފައިވާ އެންޓި ބްރޭކް ސިސްޓަމް (އޭ.ބީ.އެސް) އަކީ ސައިކަލުގައި ފާހަނގަ ކުރެވޭ ބައެކެވެ. ކުދިވެރިން ގޮވައިން ދުއްވާ ބޭފުޅުންނަށް ސައިކަލު މަޑުކޮށްގެން އިންނަ ވަގުތު ބްރޭކް ފަސޭހަ ގޮތަކަށް ކުޑަ ތަޅެއް އެޅުވެން އިނުމަކީ އެޕްރީލިއާ އިން ލިއްބައިދޭ ވަރަށް ބޮޑު ރައްކާތެރި ކަމަކެވެ. ބުރަކި އަށް ބަލާއިރު ސައިކަލު ފަރުމާ ކޮށްފައިވަނީ ދިވެހިންނަށް އެންމެ ކަމުދާ ގޮތަށް ކުރިއަށް ޑިސްކު ފަހަތަށް ޑްރަމް ހިމަނައިގެންނެވެ.

ފަހުގެ ފެޝަނަށް އުސް މުއްގަޑަކާއި ދިގު މަޑިއެއް އިނުމަކީ ސައިކަލު ދުއްވަން އިންނަ އިރު ލިބޭނެ ވަރަށް ބޮޑު ފަސޭހައެކެވެ. އެޕްރީލިއާ ފަރުމާ ކޮށްފައިވަނީ އެންމަ ފަހުގެ ޝޮކު ހިމަނައިން ހައިޑްރޯލިކް އަދި ފަހަތަށް ސްޕްރިންގެ ހިމަނައިނެވެ. އެންމެ ޒަމާނީ 36.5ސމ ގެ ޓިއުބްލެސް ފުރޮޅު އަދި އެލޯއީ ވޮށި ހިމަނައިން އުފައްދާފައި ވުމަކީ ސައިކަލު ގިނަދުވަހަށް ބޭނުން ކުރަން އަދި ދޮވެ ސާފު ކުރުމަށް ފަސޭހަ ވާނޭ ކަމެއްކަން ފާހަނގަ ކޮށްލަމެވެ.